ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ

ދަޕްރެސް

23 ޖުލައި 2025 | ބުދަ | 5:40

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރަން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވީ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ރާއްޖެ ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޯދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް އަންނަ ހުކުރު ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް ކަމަށް މޯދީ ވިދާޅުވިއެވެ.

މައުޟޫޢުތަށް