މިނިވަން ދުވަހުގެ ޕެރޭޑު މާލެ އާއި ހުޅުމާލޭގައި ބާއްވަނީ
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 8:14
ރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގައި ކަމަށެވެ.
އަދި، ހުޅުމާލޭގައި މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ. މި ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެ ކަމަށާއި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ހުސައިން އަލީ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.