މޯދީގެ ދަތުރުފުޅުން ހާމަވަނީ އިންޑިއާއިން ދިވެހިންނަށް ކުރާ އިހުތިރާމާއި ދެ ގައުމުގެ ރަހުމަތްތެރިކަން: ސޯލިހު
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 9:11
ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފުގައި އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވުމުން ހާމަވަނީ ދިވެހިންނަށް އިހުތިރާމު ކުރާ މިންވަރި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިއަދު އެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.