އިންޑިއާގެ ބޮޑުވަޒީރު، މޯދީ ރާއްޖެ ވަޑައިގެންފި
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 9:37
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.
މޯދީ ރާއްޖެ ވަޑައިގެންނެވުމާއެކު މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި މަރުހަބާ ދެންނެވުމަށް ރާއްޖޭގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މޯދީއަށް ބަޑީގެ ސަލާމެއް ދެއްވާފައިވާއިރު ރަސްމީކޮށް މޯދީއަށް މަރުހަނާ ދެންނެވުން އޮންނާނީ މިއަދު މެންދުރ ޖުމްހޫރީ މައިދާނުގަ އެވެ.