ރައީސްގެ ދައުވަތަކަށް، ލަންކާގެ ރައީސް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ދަޕްރެސް

25 ޖުލައި 2025 | ހުކުރު | 11:01

ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ރައީސް، އަނުރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަަކަށް ކަމަށެވެ.

އަދި މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށެވެ.

މައުޟޫޢުތަށް