ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ފްރާންސުން ހާމަކޮށްފި
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 11:22
ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު ޖަލްސާގައި ފަލަސްތީން ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ފްރާންސުން ނިންމައިފިއެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ މެދުއިރުމަތީގެ ސުލްހައަށް ޓަކައި މިއީ ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ.
އަދި މި ވަގުތުގެ އެންމެ އިސްކަންދޭނެ ކަންތައްތަކަކީ ގައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މެކްރޮން ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މެކްރޮން ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ހުރިހާ ރަހީނުންނެއް ދޫކޮށްލުމަށާއި، އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.