މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި
ދަޕްރެސް
25 ޖުލައި 2025 | ހުކުރު | 4:51
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފިއެވެ.
މިރަސްމިއްޔާތު ކުރިއަށް ގެންގޮސްފަިއވަނީ ޖުމްހޫރީ މައިދާނުގައެވެ. އިންޑިއާގެ ބޮޑުވަޒީރު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ބޮޑުވަޒީރު މޯދީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައި ވެއެވެ.