އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް"އާ ރައީސް ހަވާލުވެވަޑައިގެންފި
ދަޕްރެސް
26 ޖުލައި 2025 | ހޮނިހިރު | 9:41
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކުރާ 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް"އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންފިއެވެ.
ރައީސް މި ތަކެއްޗާ ހަވާލުވެވަޑައިގަތީ މިކަމަށްޓަކައި އިއްޔެ ހަވީރު ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ދަނޑިވަޅުގައެވެ.