ރާއްޖެއާއި އިންޑިއާގެ އެކުވެރިކަން ބިނާވަނީ ހަރުދަނާ ގުޅުންތަކާއި ސާބިތު ބައިވެރިވުންތަކުގެ މައްޗަށް: ރައީސް

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 10:14

ދިވެހިރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި ސާބިތު ބައިވެރިވުންތަކުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނުގެ ޝަރަފުގައި ރޭ ބޭއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ހާރިޖީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ 2 ގައުމުން ހިއްސާކުރާ ތާރީހާއި 2 ގައުމުގެ ސާބިތު ބައިވެރިވުންތަކަށް އިޝާރާތްކުރައްވާފައެވެ.

މައުޟޫޢުތަށް