ގައުމުގެ ކޮންމެ އަކައިންޗިއެއް ބަލަހައްޓާނީ ދިވެހި ސިފައިން، ހާއްސަ އިސްކަމެއް ދެނީ އެހެންވެ: ރައީސް

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 11:29

ގައުމުގެ ކޮންމެ އަކައިންޗިއެއް ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށާއި ސިފައިންނަށް ހާއްސަ އިސްކަމެއް ދެއްވަނީ އެހެންވެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދިވެހި ސިފައިންނާއި ފުލުހުންނާއި ބަދައްލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެއެވެ.

ސިފައިންނަށް ހާއްސަ އިސްކަމެއްދެއްވާތީ އެކަމާ ގުޅިގެން ރައީސްއާ ސުވާލުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި ގައުމު އޮންނަން ޖެހޭނީ ގައުމުގެ ދިވެހި ރައްޔިތުން ދިފާއުކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ގައުމުގެ ކަންކަން ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް