މޯދީ ނައިބުރައީސް، މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދާ ބައްދަލުކުރައްވައިފި
ދަޕްރެސް
26 ޖުލައި 2025 | ހޮނިހިރު | 1:21
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން ހުންނެވި މޯދީ މި ނައިބުރައީސް، މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދާ ބައްދަލުކުރައްވާފައި ވަނީ ވަކިވަކިންނެވެ.
މޯދީ ވިދާޅުވީ ނައިބު ރައީސްއާއެކު ކުރެއްވި މަޝްވަރާގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށެވެ. އަދި 2 ގައުމުން އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުންދާކަން މޯދީ ފާހަގަކުރެއްވިއެވެ.