އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ: އެމްއެންޑީއެފް

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 2:24

މިނިވަންދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވީ ނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވާއިރު، އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމުގެ ފުރުސަތު އެމްއެންޑީއެފްއިން ނުދޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަން ދޮގުކޮށް ނެރުނު ބަޔާނުގައި އެމްއެންޑީއެފްއިން ބުނީ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނިކުތުން ވަނީ މަނާކޮށްފައެވެ.

މައުޟޫޢުތަށް