މިނިވަން ދުވަހުގެ ކުޅިވަރުތައް އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްލަވާލައްވައިފި

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 6:07

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްލަވާލައްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތައް ބައްލަވާލެއްވުމަށް މޯދީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ސަރުކާރުގެ އިސްވެރިން އަދި ކުރީގެ ބައެއް ރައީސުންނާއި ބޭރުގެ އިއްޒަތްތެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތްތަކުގައި ސްކޫލު ދަރިވަރުންގެ ހުށަހެޅުންތަކާއި ރާއްޖޭގެ ސަގާފީ ހުށަހެޅުންތައް ދައްކާލާފައިވެއެވެ. އަދި މާލޭގެ މަގުމަތީގައި ސިފައިން ހިނގާލުންވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ހިނގާލުން ފަށާފައިވަނީ ރައީސް އޮފީސް ކައިރިން، ވެލާނާގޭ ސަރަހައްދުންނެވެ.

މައުޟޫޢުތަށް