ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލްއާއި މަތިވެރި ހިދުމަތުގެ މެޑަލް ދެއްވައިފި
ދަޕްރެސް
26 ޖުލައި 2025 | ހޮނިހިރު | 6:29
ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑަލްއާއި މަތިވެރި ހިދުމަތުގެ މެޑަލް ލިބިލެއްވި ފުލުހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެޑަލް ދެއްވައިފިއެވެ.
ފުލުހުންނަށް މި މެޑަލްތައް ހަވާލުކޮށްދެއްވާފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ތިން ފުލުހަކަށް ލިބިފައިވާއިރު މަތިވެރި ހިދުމަތުގެ މެޑަލް ނުވަ ފުލުހަކަށް ވަނީ ލިބިފައެވެ.