ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ވަޑައިގެންނެވީތީ ރައީސް މުއިއްޒުގެ ޝުކުރު މޯދީއަށް

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 7:06

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ވަޑައިގެންނެވީތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް އިންޑިއާގެ ބޮޑު ވަޒީރު މޯދީއާއެކު ފާހަގަކުރެއްވުމަކީ ލިބުނު އުފަލެއް ކަމަށާއި، މޯދީގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ އެހީގެ ދަށުން ހިންގާ މުހިންމު ތަރަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހުކުރެވުނު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގައި 4 އެމްއޯޔޫއެއްގައި ސޮއިކުރުމުގެ އިތުރުން މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިގެން ދިޔަ ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ދެމެދުގެ ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

މައުޟޫޢުތަށް