މާލޭގެ ވަށާތޮށި މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުން 161.9 މިލިއަން ރުފިޔާގެ އެހީއެއް

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 9:03

މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނު ސަރުކާރުން 161.9 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

މި އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އިކުއިނޯ އަކިކޯއެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓްރީގައެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީ އިން ބުނީ މި އެހީއަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ޖަޕާނު ސަރުކާރުން ފޯރުކޮށްދޭ އެހީއެއް ކަމަށެވެ. މީގެއިތުރުން މާލެ ވަށާލާފައިވާ މި ތޮއްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ތޮއްޓެއް ނޫންކަމަށާއި މިއީ ޖަޕާނާއި ރާއްޖެއާއި ދެމެދުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށް ބުނެފައިވެއެވެ.

މައުޟޫޢުތަށް