ތާރީހީ ހަވަޔަކާއި ރީތި ޑްރޯންޝޯ އަކާއެކު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިފި

ދަޕްރެސް

26 ޖުލައި 2025 | ހޮނިހިރު | 10:12

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތާރީހީ ހަވަޔަކާއި ރީތި ޑްރޯންޝޯއަކާއެކު މިރޭ ހުޅުވައިފިއެވެ.

ނުވަ އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް ނިމުން ގެންނަވާ މި ޓާމިނަލް މިރޭ ހުޅުވައިދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ފެނިގެން ދިޔަ ޑްރޯން ޝޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފައިވާއިރު، މި ޑްރޯން ޝޯއިން ވަނީ ރާއްޖެ އާއި މިނިވަންކަމާ ގުޅޭ ތަފާތު މަންޒަރުތައް ދައްކުވައިދީފައެވެ.

ޑްރޯން ޝޯގެ އިތުރުން މިރޭ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ 19 ސަރަހައްދެއްގައި ވަނީ ހަވާ އަރުވާފައެވެ. ހަ މިނެޓަށް އެރުވި މި ހަވާ ބަލަން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތައްމައްޗަށް އެއްވެފައެވެ.

މައުޟޫޢުތަށް