މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ ބިދޭސީއަކު ފިހިއްޖެ
ދަޕްރެސް
26 ޖުލައި 2025 | ހޮނިހިރު | 10:22
އއ. މާޅޮސް ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ ބިދޭސީއަކު ފިހިއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 20:45 އެހާކަންހާއިރު ކަމަށާއި، ފިހުނު ދެ ބިދޭސީންނަށް ފަރުވާ ދިނުމަށް މާޅޮސް ހެލްތު ސެންޓަރަށް ގެންދެވިފައިވާ ކަމަށެވެ.
އަދި މި ދެ ބިދޭސީން އިތުރު ފަރުވާއަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.