ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށޭނެ: ރައީސް

ދަޕްރެސް

27 ޖުލައި 2025 | އާދިއްތަ | 11:35

ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްނެ ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިތުރުން ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ވަރުގަދަ އަޒުމެއްގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް