މިނިވަން ދުވަހާ ގުޅިގެން ބާއްވާ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު 16:15 ގައި ހުޅުމާލޭގައި

ދަޕްރެސް

27 ޖުލައި 2025 | އާދިއްތަ | 11:48

މިނިވަން ދުވަހާ ގުޅިގެން ބާއްވާ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބާއްވާ ސިފައިންގެ ޕެރޭޑު ފަށާނީ މިއަދު ހަވީރު 16:15 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރިން ކަމަށެވެ.

ސިންތެޓިކް ޓްރެކުން ފަށައިގެން ސިފައިންގެ ހިނގާލުން ފުރަތަމަ ހުއްޓާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ދިމާލަށެވެ. އަދި ދެވަނަ އަށް ހުއްޓަން ހަމަޖެހިފައިވަނީ ސިފްކޯ / ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތަށެވެ. އަދި މި ހިނގާލުން ނިންމާނީ ކަލާސީނު ކޮށިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް