އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓަށް!

ދަޕްރެސް

27 ޖުލައި 2025 | އާދިއްތަ | 2:02

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއަދު މެންދުރު ފަހު ކޮޗިން އިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ހިދުމަތްދޭނީ އާ ޓާމިނަލުން ކަމަށާއި މި ފްލައިޓް މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 2:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށެވެ.

މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭ ކްރޫ އިން ވެސް ދިވެހި ހެދުމުގައި ތިބިއިރު މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

މައުޟޫޢުތަށް