ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކުރި 30 އެނދުގެ ޑަޔަލަސިސް ސެންޓަރު ހުޅުވައިފި

ދަޕްރެސް

27 ޖުލައި 2025 | އާދިއްތަ | 4:41

ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު މިއަދު ހުޅުވައިފިއެވެ.

އޮރެންޖު ހިޔާގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި އެ ޑަޔަލަސިސް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.

މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ހިދުމަތްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ޖުމްލަ 30 އެނދާއެކު ހުޅުވި މި ސެންޓަރުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ.

މައުޟޫޢުތަށް