ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްއަށް ޑަބަލްސް ކެޓަގަރީގެ ތިން އިވެންޓުން ރަން މެޑަލް!
ދަޕްރެސް
28 ޖުލައި 2025 | ހޯމަ | 11:15
މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށް ގެންދިޔަ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ދިވެހިރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.
މި މަހުގެ 25-27 އަށް މެލޭޝިއާގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން މުބާރާތުގައި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވަނީ ޑަބަލްސް ކެޓެގަރީގެ ތިން އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ރަން މެޑަލް ހޯދާފައިވަނީ އަންހެން ޑަބަލްސް އިން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އަށެވެ. އަދި ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ރަން މެޑަލް ހޯދާފައިވާއިރު މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ރަން މެޑަލް ހޯދާފައެވެ.
މީގެއިތުރުން ރިވައިވަލްގެ ކުޅުންތެރިން ވަނީ ތިން ބްރޯންޒް މެޑަލް އާއި ރިހި މެޑަލް އެއްވެސް ހޯދާފައެވެ. އެގޮތުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ފިރިހެން ސިންގަލްސްގައި ނިބާލް އަދި އަންހެން ސިންގަލްސް އިން ނަބީ އަދި މިކްސްޑް ޑަބަލްސް އިން ނަބީ އާއި ނިބާލްގެ ޕެއާއެވެ. ރިހި މެޑަލް ހާސިލުކޮށްފައިވަނީ އަންހެން ސިންގަލްސް އިން ނަބާއެވެ.