މާވަށުގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު މަރުވެއްޖެ
ދަޕްރެސް
28 ޖުލައި 2025 | ހޯމަ | 11:20
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ރަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
މަރުވެފައި ވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް ކިޔާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.