މާވަށުގައި މީހަކަށް ވަޅިން ހަމަލާ ދިން ޒުވާނާ ހައްޔަރު ކޮށްފި
ދަޕްރެސް
28 ޖުލައި 2025 | ހޯމަ | 12:08
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހަކު މަރުވެފައިވާ މައްސަލައިގައި ހަމަލާދިން ޒުވާނާ ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި މީހަކު ވަނީ މަރުވެފައެވެ. އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.
މަރުވެފައި ވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް އެވެ.