ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީތެރިވުމަށް ލަންކާ އާ ރާއްޖެއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަޕްރެސް

28 ޖުލައި 2025 | ހޯމަ | 7:24

ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ.

މި މުއާހަދާގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ދިނުމުގެ މުއާހަދާއިގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލްއެެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރެވެ.

މައުޟޫޢުތަށް