ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ ގެ މައި މަރުކަޒުގައި ކުރިއަށްދާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
ދަޕްރެސް
29 ޖުލައި 2025 | އަންގާރަ | 8:02
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްދާ ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުން ކުރިއަށް ދާނީ މި ޖުލައި މަހުގެ 28 އިން 29 އަށް ނިއުޔޯކްގައި ހުންނަ އދ ގެ މައި މަރުކަޒުގައެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އަލީ ނަސީރް މުހައްމަދުއެވެ. އަދި މި ކޮންފަރަންސް ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އެ މަނިކުފާނު ތަގުރީރުކުރައްވާނެއެވެ.