އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް އައި ބިންހެލުމާއެކު ރާއްޖެއަށް ލޮޅުމެއްގެ އަސަރުކުރި
ދަޕްރެސް
29 ޖުލައި 2025 | އަންގާރަ | 9:59
ރޭ އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް އައި ބިންހެލުމާއެކު ދިވެހިރާއްޖެއަށް ލޮޅުމެއްގެ އަސަރުކުރި ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރޭ ރާއްޖެ ގަޑިން 11:41ގައި އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް ރިކްޓާ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ.
މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވާކަން މެޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.