ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއެކު ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ހުއްޓުމަކަށް!

ދަޕްރެސް

29 ޖުލައި 2025 | އަންގާރަ | 12:04

ޓެކްނިކަލް މައްސަލައެއް ދިމާވެ، ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދިޔަ ހިދުމަތްތައް މެދު ކެނޑިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ މިނިސްޓްރީން އިތުރަށް ބުނީ، އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ އުނދަގޫތަކަށް މާފަށް އެދޭ ކަމަށެވެ.

މައުޟޫޢުތަށް