ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި
ދަޕްރެސް
29 ޖުލައި 2025 | އަންގާރަ | 3:41
މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފިއެވެ.
މެޓުން އިން ބުނީ މިއަދު މެންދުރު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމަ އަށް މުޅި ރާއްޖެއަށް ވިއްސާރަވާނެ ކަމަށެވެ. އަދި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ވަގުތު ރާޅުގެ އުސްމިނުގައި 7-4 ފޫޓު އުފުލޭނެކަމަށާއި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.