މޫސަ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ، ޝަރިއަތް ނިމެންދެން ބަންދުކޮށްފި
ދަޕްރެސް
29 ޖުލައި 2025 | އަންގާރަ | 3:58
ލ. މާވަށުގައި އިއްޔެ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ.
ފުލުހުން ބުނީ މިއަދު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.