ފިޔާ ލިބުމުގެ ދަތިކަން ހައްލުކުރަން އެސްޓީއޯ އިން ފިޔާ ގެންނަނީ

ދަޕްރެސް

29 ޖުލައި 2025 | އަންގާރަ | 6:23

ބާޒާރުގައި ފިޔާ ލިބުމުގައި ހުރި ދަތިކަން ހައްލު ކުރުމަށް ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްތީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ، ފިޔާ ލިބުމުގައި ހުރި ދަތިކަން ހައްލު ކުރުމަށް އެ ކުންފުނިން މަސައްކަތް ފަށާަފއިވާ ކަމަށެވެ. އ ެގޮތުން ފިޔާގެ ޝިޕްމަންޓެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.

އާންމު ކޮށް ބާޒާރުގައި ފިޔާ، ލުނބޯ މިރުސް، ކާސި ފަދަ ބާވަތްތައް ލިބުން ދަތިވުމުން އެސްޓީއޯ އިން ވަނީ އެހީތެރިކަން ފޮރުކޮށް ދީފައެވެ. އަދި މިފަދަ ބާވަތްތައް ބާޒާރުގައި ލިބުން ދަތިވެގެން ދާ އިރު ތަކެތީގެ އަގުތައް ވެސް އުފުލެމުން ދާ ކަން ފާހަގަ ކުރެވެއެވެ. މިފަދަ ހާލަތްތަކުގައި ވެސް އަގުތައް ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން ހާއްސަ ކަމެއްދީގެން މަސައްކަތް ކުރެއެވެ.

މައުޟޫޢުތަށް