ރަޝިއާގެ ކަނޑުގެ ސަރަހައްދައް އައި ބާރުގަދަ ބިންހެލުމާއެކު ޖަޕާނަށް ސުނާމީ އަރަންފަށައިފި

ދަޕްރެސް

30 ޖުލައި 2025 | ބުދަ | 9:57

ރަޝިއާގެ އިރުމަތީ ބިތުން ކަންޗަޓްކާ ކިޔާ ސަރަހައްދަށް ރިކްޓާ މިންގަނޑުން 8.8 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ޖަޕާނަށް ސުނާމީ އަރަން ފަށައިފިއެވެ.

ކަންޗަޓްކާ އޮންނަ ކަނޑުގެ ސަރަހައްދަކީ، ޖަޕާނާއި އެމެރިކާ ވެސް އެ ބައްރަކަށް ލައްވާ ޕެސިފިކް ރިންގް އޮފް ފަރާ ނުވަތަ ފެސިފިކް ކަނޑުން ގުޅިފައި އޮންނަ ސަރަހައްދެކެވެ.

އާންމުކޮށް ލޮޅުންތައް އަންނަ މި ސަރަހައްދަށް އައި މި ބިންހެލުމަކީ، އެމެރިކާއިން ބުނާގޮތުން ނަމަ ތާރީހުގައި އައިސްފައިވާ ނުރައްކާތެރި 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ބިންހެލުމެކެވެ.

މައުޟޫޢުތަށް