ފަލަސްތީނުގެ މައްސަލައިގައި ބާއްވާ ބައްދަލުވުމށް ވަޑައިގަތުމަށް އެމެރިކާއިން ޝަހީމަށް ވިސާއެއް ނުދިން!

ދަޕްރެސް

30 ޖުލައި 2025 | ބުދަ | 12:41

ފަލަސްތީނާއި އިޒްރޭލު މައްސަލައިގައި ހައްލެއް ހޯދުމަށް އދ. ގެ އެންމެ މަތީ ފަންތީގައި ބާއްވާ ބައްދަލުވުމަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފިއެވެ.

އދ. ގެ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެ ތަމްސީލް ކުރައްވާ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި އޮތީ ޑރ. ޝަހީމް ނަމަވެސް ޝަހީމަށް ވިސާ ނުދީ ހިފެހެއްޓުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވަން މިހާރު ހަމަޖެހިފައި ވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މި ބައްދަލުވުން އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށް ދާއިރު، އާންމު އުސޫލުން ޝަހީމް ވިސާ އެޕްލިކޭޝަން ހުށަހަޅުއްވާފައި ވަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށެވެ.

މައުޟޫޢުތަށް