އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް، މަގާމުން އިސްތިއުފާ ދެއްވައިފި
ދަޕްރެސް
30 ޖުލައި 2025 | ބުދަ | 12:44
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެ ކުންފުނީގެ ވެރިޔަކަށް މައުރޫފް އައްޔަން ކުރީ ހުސްވި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މައުރޫފް، މަގާމުން ވަކިވެވަޑައިގަންނަވާނެކަން މި މަހުގެ ކުރީކޮޅު ވަނީ އިއުލާން ކުރައްވާފައެވެ. އަދި އޭރު މަގާމުން ވަކިވެވަޑައިގަންނަވަން މައުރޫފް ނިންމެވީ އަންނަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ.