އުމްރާއަށް ގޮސް ހުއްޓާ ނިޔާވީ ފައިނު ސްކޫލް ޓީޗަރު، މަރިޔަމް ސިޔާމާ!

ދަޕްރެސް

30 ޖުލައި 2025 | ބުދަ | 7:29

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އުމްރާ ގްރޫޕާއެކު މި މަހު އުމްރާއަށް ދިޔަ މަރިޔަމް ސިޔާމާ، އުޑުވިލާގެ، ރ ފައިނު ނިޔާވެއްޖެއެވެ.

އުމުރުން 42 އަހަރުގެ ސިޔާމާ ނިޔާވި ކަން ހާމަކޮށް ހައްޖު ކޯޕަރޭޝަނުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދޭ ކަމަށް ވެސް އެ ކުންފުންިން ބުނެފައިވެއެވެ.

ސިޔާމާ އަކީ ރ. ފައިނު ސްކޫލުގައި ޓީޗަރެކެވެ. މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާލައި ރިޕޯޓް ފޯމް ދީ ބަންދުވި ދުވަސްވަރު އުމްރާ ދަތުރުގައި ދިޔަ އިރު މިއީ އޭނާގެ ފަހު ދަތުރު ކަމެއް ނޭނގެއެވެ. އެ ރަށު މީހުން ބުނާ ގޮތުގައި ސިޔާމާ އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އޭނާ ނިޔާވުމަކީ ރަށުގެ ގިނަ ބަޔަކަށް ފުން ހިތާމައެއް ލިބިގެން ދިޔަ ކަމެއް ކަމަށް އެ ރަށު މީހުން ބުނެއެވެ.

މައުޟޫޢުތަށް