ލަންކާގެ ރައީސް ޑިސަނަޔަކަ ސަލްޓަންޕާކުގައި މޫނިމާ ގަހެއް އިންދަވައިފި

ދަޕްރެސް

30 ޖުލައި 2025 | ބުދަ | 7:31

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ސަލްޓަންޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ގަހެއް އިންދަވައިފިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ، އިންދެވީ މޫނިމާ ގަހެކެވެ. މި ހަރަކާތަކީ ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

މައުޟޫޢުތަށް