އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ޒުހައިރު އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކޮށްފި

ދަޕްރެސް

30 ޖުލައި 2025 | ބުދަ | 8:31

ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އައްޔަން ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔާ ޖެނެރަލް (ރޓ) އަލީ ޒުހައިރު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔާ ޖެނެރަލް (ރޓ) އަލީ ޒުހައިރު ވަކިކޮށް، އެ މަގާމަށް މއ. އެލީޒިއަމް އިބްރާހިމް ނަޒީމް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

މައުޟޫޢުތަށް