ލަންކާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ ދެގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތައް ލިބޭނެ: މުއިއްޒު
ދަޕްރެސް
30 ޖުލައި 2025 | ބުދަ | 10:03
ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތައް ލިބިގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ އށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ އިރު، ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެއްބަސްވެފައިވާ ނަތީޖާތައް ވަގުތުން ތަންފީޒުކޮށް، ކޮންމެ ފެންވަރެއްގައި ވެސް މަޝްވަރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ދިގު މުއްދަތަކަށް ދެމި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.