ޑިސަނަޔަކަ ސްރީލަންކާއަށް ފުރާވަޑައިގެންފި

ދަޕްރެސް

30 ޖުލައި 2025 | ބުދަ | 10:20

ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އެނބުރި ގައުމަށް ފުރާވަޑައިގެންފިއެވެ.

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވި މި ދަތުރުފުޅަކީ އެމަނިކުފާނު މަހާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއަދު ޑިސަނަކަޔަ އަނބުރާ ގައުމަށް ފުރާވަޑައިގެންފައިވާ އިރު އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރައްވައި ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ދިނުމުގެ މުއާހަދާއިގައި ވަނީ ސޮއިކޮށްފައެވެ. މި މުއާހަދާގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ. މި މުއާހަދާގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.

މައުޟޫޢުތަށް