ލަންކާ މީހުންނަށް ރާއްޖެއިން 3 މަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި
ދަޕްރެސް
31 ޖުލައި 2025 | ބުރާސްފަތި | 9:16
ސްރީލަންކާ މީހުންނަށް ރާއްޖެއިން 3 މަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޮންއެރައިވަލް ވިސާ ދޭން ނިންމާފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލަންކާއަށް ދާ ދިވެހިންނަށް 3 މަހުގެ އޮން އެރައިވަލް ވިސާ ދެމުން އަންނަކަމަށާއި، މި ނިންމުންތަކުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާގެ ޒަމާންވީ ގާތް ގުޅުން ކަމަށެވެ.