އަބްދުއްރަހްމާން މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

ދަޕްރެސް

31 ޖުލައި 2025 | ބުރާސްފަތި | 11:16

އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށް އޮޓިޕްސީ ރިޕޯޓުން ދައްކައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާން މަރުވެފައިވާ އިރު، އޭނާގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލާފައި ވަނީ މި މަހުގެ 21 ވަނަ ދުވހަުއެވެ. އޮޓޯޕްސީ ހެދުމަށްފަހު އޭނާގެ ހަށީގަނޑު މާލެ ގެނެސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އޮޓޮޕްސީ ރިޕޯޓާ ގުލޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން މިއަދު ފުލުހުން ބުނީ، އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ،

މައުޟޫޢުތަށް