ދިވެހިރާއްޖެގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް އެކުލަވާލައި، އިފްތިތާހުކޮށްފި
ދަޕްރެސް
31 ޖުލައި 2025 | ބުރާސްފަތި | 1:47
އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މި ރިޕޯޓު އިފުތިތާހުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރު ޓިމް ކާޓިސް އެވެ.
މިއީ ޔުނެސްކޯ ގެ އިސްނެގުމުގެ މަތިން، އެންސީއައިޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގް ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.