4000 ފްލެޓް: މިހާތަނަށް 232 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ދަޕްރެސް
1 އޯގަސްޓު 2025 | ހުކުރު | 12:01
ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބިފައިވާ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު މިހާތނަށް 232 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށޫން ދޫކުރާ 4000 ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައި ވަނީ 253 މީހުންނާއެކުގައި ކަމަށާއި އޭގެތެރެއިން 232 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑަ އަޅަނީ ހައުސިން މިނިސްޓްރީން ކަމަށް ވާ އިރު، މިހާތަނަށް 2665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.