ނ. ކުޑަރަށް ކައިރިން ފަރަށް އެރި ދޯންޏެއްގައި ތިބި 3 މީހަކު އެމްއެންޑީއެފްއިން ސަލާމަތްކޮށްފި
ދަޕްރެސް
2 އޯގަސްޓު 2025 | ހޮނިހިރު | 11:20
ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއި ވަނީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށެވެ.
އެމްއެންޑީއެފް އިން ބުނީ، ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 23:24 ހާއިރުއެވެ.