ބަލްކު ކެރިއަރެއްގައި އޮތް ބަލި މީހަކު އެމްއެންޑީއެފްގެ އެހީގައި މަނަދޫއަށް ގެންގޮސްފި

ދަޕްރެސް

2 އޯގަސްޓު 2025 | ހޮނިހިރު | 4:37

ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ. މަނަދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ޓައިޑެކްސް" ނަމަކަށްކިޔާ ބަލްކް ކެރިއަރެއްގައި އޮތް މީހަކު މަނަދޫއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގެންގޮސްފައިވަނީ އެމީހާއަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

އެގޮތުން ނ. އަތޮޅު ދިގުފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ސިއްހީ ހާލަތު ގޯސްވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް