އާރުޑީސީގެ އެމްޑީއާ އެކު ޑީއެމްޑީ ވެސް އެޗްޑީސީއަށް ހިނގައްޖެ
ދަޕްރެސް
3 އޯގަސްޓު 2025 | އާދިއްތަ | 2:05
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަންކޮށްފި އެވެ.
އަސްބާހު އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެޗްޑީސީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު ޖުލައި 31 ގައި އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރި ފަޔާޒް އިސްތިއުފާ ދެއްވި އިރު އޭގެ އެއް ދުވަސް ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މައުރޫފް ޖަމީލް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.