އެފްއައިޔޫ ރިޕޯޓު ތަހުގީގުކުރަނިކޮށް، މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި
ދަޕްރެސް
4 އޯގަސްޓު 2025 | ހޯމަ | 9:46
ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ތަހުގީގެއް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.
މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފައިވަނީ މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ހާޒިރު ކުރަން ތަވާލުކޮށްފައި ވަނިކޮށެވެ. މާލިއްޔަތު ކޮމިޓީން ވަކިކޮށް ޝުޖާއު ވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފައެވެ.