އިޖުތިމާއީ އަދި ދީނީ މިންގަނޑާ އެއްގޮތަށް ފަތުރުވެރިކަމުގެ އިސްތިހާރުތައް ކުރަން އެދިއްޖެ

ދަޕްރެސް

5 އޯގަސްޓު 2025 | އަންގާރަ | 8:43

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމުގައި އިޖުތިމާއީ އަދި ދީނީ މިންގަނޑުތަކާ ހިލާފު ނުވާނެހެން ފަތުރުވެރިކަމުގެ އިސްތިހާރުތައް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ގަވާއިދު އެކުލަވާލާ އާންމުކޮށްފައެވެ. އެ ގަވައިދުގައި ވަނީ ފަތުރުވެރިކަމުގެ އިސްތިހާރުތައް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ފުށުނާރާ ގޮތަށް ކަމަށާއި، އިޖުތިމާއި މިންގަޑުތަކާއި ސަގާފީ ގޮތުން ނުވަތަ ދީނީގޮތުން ނޭދެވޭ ގޮތަކަށް ކޮންޓެންޓް ހުރެގެން ނުވާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނާއި ބެހޭ ގޮތުން ކުރަން ޖެހޭނީ ސައްހަ މައުލޫމާތު އެކުލެވޭ އިސްތިހާރު ކަމަށާއި، އެހެން ގައުމަކަށް އެހެން ސަގާފަތަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތަކަށް ނޭދެވޭ ފަދަގޮތަކަށް އިސްތިހާރުތައް ހުރެގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ފަތުރުވެރިން ބޭތިއްބުމަށް އިސްތިހާރު ކުރާ ތަންތަނަކީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައި ނުވަތަ އޮޕަރޭޓިން ލައިސަންސެއް އޮތް ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް