ބާރު ވަޔާއެކު ކަނޑުތައް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

ދަޕްރެސް

5 އޯގަސްޓު 2025 | އަންގާރަ | 8:57

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު ހެނދުނު ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ވަރަށް ގަދައަށް ވައިޖެހޭނެ ކަމަށެވެ. އެގޮތުން ގަޑިއަކު 25-30 މޭލާ ދެމެދުގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުމާއެކު ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:30ގެ ނިޔަލަށެވެ.

މައުޟޫޢުތަށް